ads
ހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ -- ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ 3 ހިއްކުން އަވަސްކޮށް 55 ހެކްޓަރުގެ ބިން ހިއްކައިފި
މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގައި މިހާތަނަށް 55 ހެކްޓަރުގެ ބިން ހިއްކައި މަޝްރޫއުގެ 87 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
Advertisement

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތުގެ ތެރެއިން ބޮޑު ސަރަހައްދެއް ހިއްކައި ފަރުކޮޅުފުއްޓާ މިހާރު ވަނީ ގުޅުވާލައިފަ އެވެ.

މަޝްރޫއުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށް ފަހު އަލުން މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު 10 ގަ އެވެ.

your imageހުޅުމާލޭ 3 ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ -- ފޮޓޯ: އެމްއޭސީއެލް


އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްއޭސީއެލުން ބުނީ މިހާތަނަށް 55 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށާއި އެއީ އެތަނުން ހިއްކުމަށް ކަނޑައަޅާފައިވާ ބިމުގެ 87 ޕަސެންޓް ކަމަށެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކައި ނިމުމުން، އެ ދެ ޑްރެޖަރު ވެސް ބޭނުންކުރާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތަށެވެ. އެތަން ހިއްކުމުގެ މަސައްކަތް 2-3 މަސް ތެރޭގައި ނިމެނޭ ކަމަށް ލަފާ ކުރެއްވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.

މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކަމުންދާ ހުޅުމާލޭގެ 3 އަކުން 1،351 ގޯތި ދޭން ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް