ads
ޝާހިދު ކަޕޫރުގެ އާ ފިލްމުގެ ލުކް
ޝާހިދު ކަޕޫރުގެ އާ ފިލްމުގެ ލުކް ދައްކާލައި ބޮޑު ސަމާލުކަމެއް ހޯދައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު، ޑައިރެކްޓަރު ވިޝާލް ބަރަދުވާޖު އާއެކު މަސައްކަތްކުރާ އާ ފިލްމު 'އޯ ރޯމިއޯ' ގެ ސިފަ އާންމުކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެއަށް ލިބިއްޖެއެވެ.
Advertisement

މި ފިލްމަށް ޝާހިދު ތައްޔާރުވެފައިވަނީ ވަރަށް ވަރުގަދަ އަދި ތަފާތު ސިފައެއްގައެވެ. މިއީ މި ދެ ފަންނާނުން އެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝާހިދުގެ މުޅި ހަށިގަނޑުގައި ވަނީ ތަފާތު ޓެޓޫތައް ޖަހާފައެވެ. މީގެ ކުރިން ޝާހިދު އާއި ވިޝާލް ވަނީ 'ކަމީނޭ' އާއި 'ހައިދަރު' ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައެވެ. މި ފަހަރުގެ ފިލްމުގައި ޝާހިދު ފެންނަނީ ވަރަށް ރުޅިގަދަ އަދި ވަރުގަދަ މީހެއްގެ ގޮތުގައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެއެވެ.

ޝާހިދުގެ މި އާ ސިފައަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ޝާހިދުގެ މަސައްކަތުން ފެންނާނެ ވަރަށް ތަފާތު އުންމީދީ ފިލްމެކެވެ. 'އޯ ރޯމިއޯ' އަކީ ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް