ads
ހުޅުމާލޭ ފޭސް 3 ގައި ހިއްކާ ސަރަހައްދު -ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ނިމުމަކާއި ގާތަށް
ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ހަލުވިކޮށްފައިވާއިރު، އެ ސަރަހައްދުގެ ހިއްކުމުގެ %94 މަސައްކަތް ނިމިފައިވާ މިހާރު ނިމިފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ (އެމްއޭސީއެލް)އިން ވިދާޅުވެއްޖެ އެވެ.
Advertisement

އެމްއޭސީއެލުން ބުނީ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް 59 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. ފޭސް ތިނަކުން ހިއްކުމަށް ނިންމާފައިވަނީ 63 ހެކްޓަރެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ދުވަހު ފެށި އެ މަޝްރޫއަށް މަޑުޖެހުމެއް އައީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެވެ. މި މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ނޮވެމްބަރު 10 ވަނަ ދުވަހެވެ. 

ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރުން ވަނީ ބިންހިއްކުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު އެއްކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލިސްގެ ޑްރެޖަރެއް ގެނެސްފަ އެވެ. އެއީ 22,000 ސީބީއެމްގެ ޑްރެޖަރެކެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް 5 ސަރަޙައްދަކުން 1600 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ގުޅިފަޅުން ޖުމްލަ 277 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެއިން 1009 ހެކްޓަރު ހިއްކުމުގެ މަސައްކަތްވެސް ބާރު ސްޕޯޑްގައި ދަނީ ކުރިއަށްގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް