މާލެއަށް އުފަން އަބްދުﷲ ސައީދު ނަސީބުވެރިއަކަށް ހޮވުނީ، ދިރާގު މޮބައިލް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ގުރު ނެގުމަށް ހުޅުމާލެ ފޭސް 2 ދިރާގު ބީޗުގައި މިއަދު ހަވީރު ބޭއްވި ފޯރިގަދަ ހަރަކާތެއްގަ އެވެ.
"ވިން އަ ސްޕީޑް ބޯޓް" ޕްރޮމޯޝަންގެ ގުރުވަތު އިވެންޓުގައި ޑީޖޭ މީކާގެ ހުށަހެޅުމެއްގެ އިތުރުން ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. މި އިވެންޓްގެ ގުރުއަތު ނެގުމުގެ ބައި ވަނީ ޓީ.ވީ.އެމް އާއި އެސް.އެސް.ޓީ.ވީ، އަދި ދިރާގު ފޭސްބުކް އާއި ޔޫޓިއުބްއިން ލައިވްކޮށްފަ އެވެ.
މި ޕްރޮމޯޝަންގެ ފުރަތަމަ ލޯންޗު ލިބޭ ފަރާތް މިއަދު ހޮވާފައިވާއިރު، ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް އަދިވެސް އެއް ލޯންޗު ހޯދުމުގެ ފުރުސަތު އެބައޮތެވެ.
އެގޮތުން އަންނަ މާޗް މަހުގެ ނިޔަލަށް އެ ލޯންޗު ހޯދަން އެންރޯލް ކުރެވޭނެ އެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ އަދި އަގުހުރި ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންދާ ކުންފުންޔެއްކަން ފާހަގަކޮށްލެވެ އެވެ.