ads
ބަންޑުން ޖަހާލީ ބަލްމާ 6 ބޯޓް
މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލާ ދެ މީހުން ގެއްލިގެން ހޯދަނީ
މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލާ ދެ މީހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.
Advertisement

އެމްއެންޑީއެފް އިން ބުނީ ބަންޑުން ޖަހާލާފައިވަނީ ' ބަލްމާ- 6 ' ނަމަކަށް ކިޔާ މުދާ އުފުލށާ ދޯންޏެއްކަމަށެވެ. މި ދޯނި ބަންޑުން ޖަހާލިއިރު ދޯނީގައި ހަތަރު މީހުން ތިބިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެތަނުން ދެ މީހުން ކަނޑުވެފައި ވަނިކޮށް އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކުން އެ ދެމީހުން ނަގާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. 

އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓް ގާޑު ޑައިވަރިން ކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

މި ބޯޓް ބަނޑުން ޖަހާލާފައިވަނީ ތާގް އެގްޒޯޓިކާ ރިޒޯޓު ކައިރިއަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް