ads
ސާފް ފުޓްސަލްގައި ވާދަކުރާ ދިވެހި ޓީމް
ސާފް ފުޓްސަލް ޗެމްޕިއަންކަން ރާއްޖެއިން ހޯދައިފި
ބޫޓާނާ ވާދަކޮށް 1-3 އިން މޮޅުވެގެން، ލީގުގައި ބާކީ އެއް މެޗު އޮއްވައި ދިވެހިރާއްޖޭން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.
Advertisement

ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ކުރިއަށް އެއް މެޗު އޮއްވާ ރާއްޖެ ތަށި ކަށަވަރުކުރީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ސާފްގެ ހަތް ގައުމު ވާދަކުރާ މުބާރާތުގައި ދެން އެވަރަށް ޕޮއިންޓް ހޯދޭނެ އެއްވެސް ބަޔަކު ނެތެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ ގައުމުގެ މުސްތަގުބަލަށް އުޖާލާ ކަމެއް ކަމަށެވެ.

"ވަކީން ހާއްސަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަގުވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީހީ ފަހުރެއް. މިއީ ގައުމީ ރޫޙާއި އަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ގައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ދަންނަވާފަ އެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 ގެ ނަތީޖާއަކުންނެވެ. ތިން ވަނަ މެޗުގައި، އިންޑިއާ އަތުން 5-0 އިން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ނޭޕާލް އަތުން 2-1 އިން މޮޅުވި އެވެ.

your imageބޫޓާނާ ދެކޮޅަށް ރާއްޖޭގެ ހުސެއިން ޝަރީފް (ކ) ބޯޅަ ހިފައިގެން ދަނީ - ފޮޓޯ:ސާފް

ރާއްޖޭން ފަހު މެޗުގައި ލަންކާއާ ކުޅޭނީ ހޯމަ ދުވަހު އެވެ.

މިއީ ސާކްގެ ފުޓްބޯލް ފެޑެރޭޝަން، ސާފްގެ ފަރާތުން ބާއްވާ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕެވެ. މިއަދު ރާއްޖެއިން މި ހޯދި ބޮޑު ކާމިޔާބީއާ އެކު ރާއްޖެއަކީ ރަސްމީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް މި ސަރަހައްދުގެ ވަރުގަދަ ގައުމެއްކަން ސާބިތުކޮށްދީފި އެވެ. މި މުބާރާތުގައި ރާއްޖެ ބަލިކުރެވޭ ވަރުގެ އެއްވެސް ޓީމެއް އަދި ނުފެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް