މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ރޭ ފެށިއިރު، މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ގޭބީސީތަކަށް މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ފަށާފައިވާއިރު ކޮންމެ ރެޔަކު 8:00 އިން ފެށިގެން 11:00 އަށް މަސް ދަޅު ކޭސް ދޫކުރުން ކުރިއަށްދާނެ އެވެ.
މަސްދަޅު ކޭސް ބަލާ ދާން ޖެހެނީ ފުލުހުން ތައާރަފްކުރި ޕޯޓަލެއް މެދުވެރިކޮށް ނަންބަރު ނަގައިގެން، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ 15 މަރުކަޒަކުން ތަނަކަށެވެ. އެއީ:
ވެމްކޯސައިޓު
ރޯދަމަހަށް ހާއްސަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. މި އަހަރު 118673 މަސްދަޅު ކޭސް ރޯދަމަސް ފެށުމުގެ ކުރިންބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ބުނެފަ އެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެ އެވެ. މިކަމަށް ހާއްސަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.
ރަށްރަށަށް މަސްދަޅު ފޮނުވުމުގެ މަސައްކަތް އެސްޓީއޯއިން ކުރިއަށް ގެންދާނެ ކަމަށާއި، ރަށްރަށުގައި ރޯދަ ހަދިޔާ ބަހާނީ ކައުންސިލުތަކުން ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ކަލަންޑަރުގައިވާ ގޮތުން، ރޯދަ މަސް ފަށާނީ އަންނަ މަހު 18ގަ އެވެ.