އެމްއޭސީއެލުން ބުނީ އެ ކޭމްޕަކީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)އަށް ލޭ ހަދިޔާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހެވެ.
މި ޕްރޮގްރާމްގައި ބައިވެރިވެ ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން https://tinyurl.com/46y3p7m7 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.
މިއީ އިޖުތިމާއީ ޒިންމާގެ ދަށުން، ލޭ ބޭނުންވާ ފަރާތްތަކަށް، ހާއްސަކޮށް ތެލެސީމިއާ ކުދިންނަށް އެހީތެރިވުމުގެ ގޮތުން އެމްއޭސީއެލް އިން ކުރިއަށް ގެންދާ ވަރަށް މުހިންމު ހަރަކާތެކެވެ.