ads
ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތު
ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަޅަން ބިން ހިއްކަން ފަށައިފި
ގދ. ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އިފްތިތާހުކޮށް ދެއްވައިފި އެވެ.
Advertisement

މިކަމަށްޓަކައި ފިޔޯރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އަރިހުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމްއާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިއިރު ސަރުކާރުން ވަނީ މަޝްރޫއުގެ ފަރުމާއަށް ބޮޑެތި އަދި މުހިއްމު ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ކުރިން ރޭވިފައި އޮތް 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3،000 މެޓްރިކް ޓަނަށް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުހާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

"މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން އެފަދަ މަޝްރޫއެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅަން ސަރުކާރުން މިވަނީ ނިންމާފައި،" މިރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.


މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތްތައް، ކަނޑައަޅާފައިވާ މުއްދަތައް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން މި މަސައްކަތް ހަވާލުކޮށްފައިވާ ސޭން ޕްރައިވެޓު ލިމިޓެޑުން ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް