ads
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައި ވަނީ މިދިޔަ މަހުގެ 24 ވީ ހޮނިހިރު ދުވަހު
ބުދަ ދުވަހުން ފެށިގެން ރޯދަ ހަދިޔާ ބަހާނީ މިފްކޯ މާފަންނު ފިހާރައިން
މި މަހުގެ 11 ވަނަ ދުވަހުގެ ފަހުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހާނީ ހަމައެކަނި މިފްކޯ މާފަންނު ފިހާރައިން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު މިރޭ ވިދާޅުވީ ‏މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުން މިހާރު ހުރި ލޮކޭޝަންތަކުން ކުރިއަށްދާނީ މި މަހުގެ 11 ގެ ނިޔަލަށް ކަމަށެވެ. އަދު އޭގެ ފަހުން ރޯދަ ހަދިޔާ ދޫކުރާނީ މާފަންނުގައި ހުންނަ މިފްކޯ ފިހާރައިން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ މަގުންނެވެ. ފާއިތުވި ދެ އަހަރުގެ ތަޖުރިބާއަށް ބިނާކޮށް، މިއަހަރުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކޮށްފައިވާނޭކަމަށް ސަރުކާރުން ހާމަކުރައްވަ އެވެ. 

އެގޮތުން، މަސްދަޅު ކޭސް ބަލައި ދިއުމަށްޓަކައި "ރޯދަ ހަދިޔާ" ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމާއި ޓޯކަން ނެގުމުގެ ނިޒާމެއް ވަނީ ތައާރަފްކޮށްފަ އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް މިނިސްޓްރީ އާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުންދާނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރުދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް