ހޮންގް ކޮންގުން ރާއްޖެއަށް ކުރާ މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ވަނީ މަރުހަބާ ކިޔާފަ އެވެ.
މި ދަތުރުތައް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ކޮންމެ ދުވަހަކު އެއް ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ބަޖެޓް އެެއާލައިން، ގްރޭޓާ ބޭ އެއާލައިނުން ކޮންމެ ދުވަހަކު ވެސް ކުރާނީ އެއް ދަތުރެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިން 800-737 މަރުކައިގެ މަތިންދާބޯޓެކެވެ.
ގްރޭޓާ ބޭ އެއާލައިނަކީ މިހާރު ރާއްޖެ އާއި ހޮންކޮންގްއަ ދެމެދު ސީދާ ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނެވެ.