ads
ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެއިން ނުކުންނަނީ - ސަން ފޮޓޯ/މުހައްމަދު ހައްޔާން
ދަރިފުޅަށް 2 އަަހަރުވަންދެން 30 މިނިޓުގެ ހުސް ވަގުތުކޮޅެއް ދޭން އިސްލާހެއް
ސަރުކާރު މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
Advertisement

މި އިސްލާހު މަޖިލިހަށް ހުށައެޅީ ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝަމީޒް އެވެ. 

ވަޒީފާއާ ބެހޭ ގާނޫނަށް ހުށައެޅި އިސްލާހުގައި ވަނީ މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް މުސަރާއިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދޭން ވާނެކަމަށެވެ.

މި އިސްލާހުގައިވާ ގޮތުން ކޮންމެ ދުވަހަކު 30 މިނެޓް ދެ ފަހަރަށް ދޭން ޖެހެނީ ކުއްޖާގެ އުމުރުން ދެ އަހަރު ވަންދެންކަމަށްވެސް ގާނޫނަށް ގެންނަ އިސްލާހުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް