ads
މިފްކޯ ފިހާރަ
މިއަހަރު ރޯދަ މަހު ރައްޔިތުން މަހަށް ޖެހުނަ ނުދޭނަން: މިފްކޯ
މަސްވެރިކަން މި ދުވަސްވަރު ދަށްވެފައި ވިޔަސް، ކުރިއަށް އޮތް ރޯދަމަހު އާންމުންނަށް އެއްވެސް ދަތިކަމެއް ނެތި ރޯމަހާއި މަހުގެ އެހެން އުފެއްދުންތައް ލިބޭނެ މިިފްކޯއިން ބުނެފި އެވެ.
Advertisement

"ސީއެންއެމް" އާއި ވަހަކަ ދައްކަވަމުން މިފްކޯގެ ސީނިއާ މެނޭޖަރު (ޕީއާރު) ޝިފްޒާ މުސްތަފާ ވިދާޅުވީ މަސްވެރިކަމުގެ ހާލަތަށް ބަލައި، އާންމުންނަށް ބޭނުންވާ މިންވަރަށް މަސް ފޯރުކޮށްދިނުމަށް އެ ކުންފުނިން ދުރާލައި ވަރަށް ފުރިހަމައަށް އެ ކުންފުނިން ތައްޔާރު ވެފައިވާ ކަމުގައި އެވެ. 

އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމުން މަސް ލިބެން ދަތި ވެއްޖެ ހާލަތެއްގައި ރައްޔިތުން އުފަލަން ޖެހޭނެ ތަކުލީފު ވިސްނޭ ކަމަށާއި މިފްކޯގެ ފިހާރަތަކާއި ސެންޓަރުތަކުން ރޯމަސް (ގަނޑުކުރި މަސް) ދަތިކަމެއް ނެތި ރައްޔިތުންނަށް ލިބޭނެ ކަމުގަ އެވެ. 

"އާންމުންގެ ބޭނުންތަކަށް ވާ ވަރަށް މިފްކޯގައި ސްޓޮކް މިވަގުތު އެބަހުރި. އެއްވެސް ބުރުލެއް ނާރައި މިފްކޯގެ ސެންޓަރުތަކާއި މަސް ފިހާރަތަކުން މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ކުންފުނީގެ އޮޕަރޭޝަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކަންކަން ވަނީ ތަރުތީބުކޮށްފައި" ޝިފްޒާ ވިދާޅުވި އެވެ.

މިފްކޯއަށް މަސްކިރުވި މިންވަރަށްމިދިޔަ ޑިސެމްބަރު މަހު އެވްރެޖްކޮށް ދުވާލަކު 242 ޓަނުގެ މަސް ކިރުވާފައި ވިޔަސް، ޖެނުވަރީމަހު އެ އަދަދު ވަނީ 93 ޓަނަށް ވެއްޓިފައިވާ ކަމަށާއި މި މަހުގެ މިހާތަނަށް މިފްކޯއަށް ކިރުވާފައި ވަނީ އެވްރެޖްކޮށް ދުވާލަކަށް 58 ޓަނުގެ މަސް ކަމަށް، ސިފްޒާ ސީއެންއެމް އަށް މައުލޫމާތު ދެއްވި އެވެ. 

ރޯދަ މަހަކީ އާންމުކޮށް ގިނަ ބަޔަކު ކަނޑު މަސް ބޭނުން ކުރާ މަހެއްކަމަށް ފާހަގަ ކޮށްލެވެ އެވެ. އަދި ބައެއް އަހަރު ތަކުގައި ކަނޑުމަސް ލިބެން ދަތި ވުން އެއީ އާންމުކޮށް ދިމާވާ ވަރަށް ބޮޑު މައްސަލަ އެެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް