ads
އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
ޕީއެންސީ އަށް މެޖޯރިޓީ ދީފިނަމަ ކައުންސިލްތައް އުވާލާނެ: ޣަފޫރު
އަންނަ އެޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ދީފިއްޔާ ކައުންސިލްތައް ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ (ގަޕޯ) މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން "ހޭވައްލާ ތައްޔާރު" އިފްތިތާހުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ މިއީ 64،000 ފްލެޓު އަޅާނެ ކަމުގެ ވައުދާ އެކު އައި ސަރުކާރެއް ކަމަށާއި އެކަމަކު މިހާތަނަށް އެންމެ "ގާގަނޑެއް" ވެސް ބިމުގައި ބާއްވާފައި ނުވާ ކަމަށެވެ. 

މީގެއިތުރުން ޣަފޫރު ވިދާޅުވީ މި ގައުމަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވީ އެމްޑީޕީން ކަމަށާއި ޕީޕީއެމް އާއި ޕީއެންސީގެ ފިކުރުގެ ބޭފުޅުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ދަލެއް ވެސް އޮހޮރުވާފައި ނުވާ ކަމަށެވެ.

"ކުރަން މިއުޅެނީ ކޮން ކަމެއްތޯ. މި ކައުންސިލްތައް މި ސަރުކާރަށް ދީފިއްޔާ އެބޭފުޅުން ބޭނުންކޮށްގެން ހުރިހާ ކައުންސިލެއް އުވާލާނީ. އެ ނޫން އެހެން ކަމެއް މި ބޭފުޅުން ނުކުރާނެ. ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ދިނީމާ ލާމަރުކަޒީ ގާނޫނު ފުނޑާލީ، އެހެންވީމަ މި ބޭފުޅުންނަށް ކައުންސިލްގެ މެޖޯރިޓީ ދީފިއްޔާ ރާއްޖޭގެ ހުރިހާ ކައުންސިލެއް އެބޭފުޅުން ލައްވާ މި ބޭފުޅުން އުވާލާނެ. އެއީ އަޅުގަނޑުމެންނަށް މިއަދު ޔަގީންވާ ކަމަކީ." " ޣަފޫރު ވިދާޅުވި އެވެ.

މި ޖަލްސާގައި، އެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ހައްގުތަކަށް ވިސްނައިގެން ކައުންސިލް ހިންގާނީ އެމްޑީޕީން ކަމަށެވެ.

ވެރިކަންކުރާ ޕީއެންސީން ކައުންސިލް ހިންގި ގޮތް މާލޭގެ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އެމްޑީޕީގެ މޭޔަރެއް ހުންނެވި ނަމަވެސް މިހާރު ވެސް ޕީއެންސީގެ ކައުންސިލަރުންގެ މެޖޯރިޓީ އޮތް ކައުންސިލުން އެ މީހުން ބޭރުކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ އިސްވެރިން ވެސް ބައިވެރިވި އެ ކެމްޕެއިނު އިވެންޓުގައި ވަނީ އެ ޕާޓީގެ ފަރާތުން ސިޓީތަކާއި ރަށު ކައުންސިލުތަކުގެ މެމްބަރުކަމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުން ވެސް ބައިވެރިވެފަ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް