ads
ރޯދަ ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅު ކޭސް ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި ބަހައިފި
ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި މަސްދަޅު ކޭސް ބަހައިފި
އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށެއްގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހާ ނިންމާފައިވާކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
Advertisement

އާދަމް ޝަރީފް އުމަރު ވިދާޅުވީ އެންމެ ހަ ރަށް ފިޔަވައި ހުރިހާ ރަށެއްގައި މިހާރު ރޯދަ ހަދިޔާ ބަހައި ނިމިފައިވާ ކަމަށެވެ.

އަދި ރަށްރަށުގައި ރޯދަ ހަދިޔާ ބެހުމަށް ކުރެވުނު މަސައްކަތުން ފާހަގަ ކުރެވުނީ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ގޭބިސީ ލިސްޓެއް އަދާހަމަކޮށް ބެލެހެއްޓުމުގެ މުހިންމުކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރޯދަ ހަދިޔާގެ ގޮތުގައި މިއީ މަސްކޭސް ދޫކުރާ ދެވަނަ އަހަރެވެ.

މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ގޭބިސީ ލިސްޓުގައިވާ ގޮތުން ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ ޢަދަދަކީ 56,918 އެވެ. ޑޮމެސްޓިކް މީޓަރގެ އަދަދަކީ 61,755 އެވެ.

މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބެހިގެންދާނެ އެވެ.

ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ފުރަތަމަ އަހަރު ކާޑުގެ ބާވަތްތަކުން ރޯދަ ހަދިޔާދެއްވާފައިވާއިރު މިދިޔަ އަހަރާއި މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވަމުންގެންދަވަނީ މަސްދަޅު ކޭހެވެ. ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ދެނީ 48 ދަޅުގެ މަސްދަޅުކޭހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް