ads
ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ބަޔަކު ނުކުންނަނީ
މާދާމާއިން ފެށިގެން ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ދަތުރުތައް މާދަމާއިން ފެށިގެން ކުރީގެ އިންޓަނޭޝަނަލް ޓާމިނަލުން ކުރަން ނިންމައިފިއެވެ.
Advertisement

ޑޮމެސްޓިކް ދަތުރުތައް ފެށުމަށް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ގެންނަން ޖެހޭ ބައެއް ބަދަލުތައް އެމްއޭސީއެލުން ވަނީ ގެނެސްފައެވެ. 

ޑޮމެސްޓިކް ޓާމިނަލް ކުރީގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށް ދަތުރުތައް މާދަމާ ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިކަމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި ބަދަލާއި އެކު މިހާރުގެ ޑޮމެސްޓިކް ޓާމިނަލް ބަންދުކުރަން ވަނީ ނިންމާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް އެތެރޭގެ ދަތުރުތައް މިހާރު ކުރަމުން އަންނަނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ވިލާއިންނާއި މަންޓާއިންނެވެ.


ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވީ މިދިޔަ އަހަރުގެ މިނިވަން ދުވަހާއި ދިމާކޮށް ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ހުޅުވިތާ އަހަރެއްގެ ތެރޭގައި ފަސް ލައްކައަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ. 

އާ ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ފުރަތަމަ އަހަރު ވެސް 8-7 ޕަސެންޓަށް އިތުރުވެ، ޖެހިގެން އަންނަ އަހަރު 15 ޕަސެންޓަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް