މި މައްސަލަ އަނެއްކާވެސް ކޯޓަށް މި ހުަށައެޅީ މީގެކުރިންވެސް އެ މައްސަލަ ހުށައެޅި ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުންނެވެ.
ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި، ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ގަވާއިދާއި އެކަމަށް އާންމު ކޮށްފައިވާ ޕްލޭން ބާތިލްކުރަން އޭރު ހައިކޯޓަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.
އެ މައްސަލަ ބަލައި ނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ނިންމި ނިންމުމުގައި ބުނެފައިވަނީ ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށެވެ.
އަލުން އެ މައްސަލަ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސިނީން ކޯޓަށް ހުށައެޅީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމައެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވިއެވެ.
ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެކަން ރައީސް ޑރ މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ.
ކަށިމިޔަރު މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެކަމަށެވެ. އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހެއެވެ.
މި ގަވައިދު ބުނާގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެެވެ. މީގެިތުރުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށްކަމަށްވެސް މި ގަވައިދުގައި ވެއެވެ.
އެކަމާ ދެކޮޅަށް ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އަދި ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;