ހުޅުމާލޭގައި މީހުން ނޫލޭ ހިސާބަކަށް ޓެކްސީގައި ގޮސް ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ 4 ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރެއެވެ. އެ މައްސަލާގައި ކްރިމިނިލަކޯޓުން ވަނީ އަދުހަމުގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައެވެ.
އޭރު ދަށުކޯޓުގެ ޝަރީއަތުގައި އަދުހަމް ވަނީ ކުށަށް އިއުތިރާފުވެ މައާފަށް އެދިފައެވެ. އެހެންނަމަވެސް ގާސިމްގެ ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިބި އޭނާގެ ފަސް ދަރިންވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.
މި މައްސަލައިގެ ނިހާއީ ހުކުމެއް ކަންޑައަޅަން ހައިކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަދދުހަމްގެ ވަކީލުން ގާސިމްގެ ވާރިސުންނާއި ގުޅާ ވާހަކަ ދައްކަން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެހެންނަމެވެސް އޭނާއާއި ވާހަކަ ދައްކަން އާއިލާގެ އެއްވެސް މެމްބަރަކު ބޭނުންނުވާކަން އަންގައިދިނުމަށް އާއިލާއިން އެދިފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލުގެ މިވާހަތަކާއި އެކު އެ ދެއްކި ވާހަކަ އެކަން ސާފުވެއްޖެތޯ އެހުމަށް ފަހު، މައްސަލަ ބަލާ ބެންޗުން ވަނީ ގާސިމްގެ އާއިލާއަށް ނުގުޅުމަށް އަދުހަމާއި އޭނާގެ ވަކީލުންނަށް އަންގާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;