މަސްދަޅު ކޭސްތ ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފެށީ ހުސްވި މިދިޔަ މަހުގެ 24 ގައެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ދޫކުރިއެވެ.
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫކުރާ މަސް ކޭސް އެ މިނިސްޓްރީން ބަހަން ފެށީ، މިދިޔަ ޖަނަވަރީ 24ގަ އެވެ. މި އަހަރު, މުޅި ރާއްޖޭގެ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި މަހު 11ގެ ނިޔަލަށް 53،308 މަސްދަޅު ކޭސް މާލެ ސަރަހައްދަށް ވަނީ ދޫކޮށްފަ އެވެ.
ކޮންމެ ރަމަޟާން މަހަކު ރޯދަ ހަދިޔާ ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;