ads
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން: އެ ޕާޓީން ކައުންސިލު އިންތިހާބުގައި ވާދަކުރަނީ ނުވަ ކެންޑިޑޭޓުން - ފޮޓޯ/ ދަ ޑިމޮކްރެޓްސް
ކައުންސިލު އިންތިހާބް: ޑިމޮކްރެޓްސް ޕާޓީން ވާދަކުރަނީ ނުވަ ކެންޑިޑޭޓުން
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަނީ އެންމެ ނުވަ ކެންޑިޑޭޓުން ކަމަށް، އެ ޕާޓީން ބުނެފި އެވެ.
Advertisement

ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 17ވަނަ ދުވަހުން ފެށިގެން ނިމިދިޔަ ފެބްރުވަރީގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.

ޑިމޮކްރެޓްސްގެ އޮފިޝަލަކު ބުނީ އެ ޕާޓީން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ ނުވަ ކެންޑިޑޭޓަކު ވާދަކުރަން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން އެ ކެންޑިޑޭޓުން ޑިމޮކްރެޓްސްއިން މިފަހަރު ވާދަކުރަނީ ރ. އަތޮޅާއި ޅ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅުގެ ގޮނޑިތަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ހޮވުމަށް މިދިޔަ ހަފުތާގައި ވަނީ ގުރުއަތު ވެސް ނަގައިފަ އެވެ. 

އެ ކޮމިޝަންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ހިމެނޭހެން ޖުމުލަ 2،962 ކެންޑިޑޭޓެއް ވާދަކުރާނެ އެވެ. ނަމަވެސް ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން، ވެރިކަންކުރާ ޕީއެންސީއަށް ވަނީ އިންތިހާބަކާ ނުލައި 69 ގޮނޑި ކަށަވަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;