ads
މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ
ރިއާނާގެ ގެއަށް ބަޑީގެ ހަމަލާތަކެއް!
އެމެރިކާގައި ދިރިއުޅެމުން އަންނަ ބާބެޑޯސް އަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ގެެއަށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
Advertisement

ރިއާނާ އެ ގެއަށް ހަމަލާދިން ސަބަބެއް އަދި ނޭނގެ އެވެ. 

މީޑިއާތަކުން ބުނީ އޭނަ އާއި ކުދިންގެ ބައްޕަ މަޝްްހޫރު ރެޕާ އޭސަޕް ރޮކީ ލޮސް އެންޖެލިސްގެ ބެވަލީ ހިލްސްގައި ދިރިއުޅެމުން އަންނަ ގެއަށް ބަޑީގެ ހަމަލާތަކެއް ދިން މައްސަލައިގައި މިހާރު އަންހެނަކު ހައްޔަރު ވެސް ކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފުލުހުން ވަނީ އެ އަންހެން މީހާގެ ކާރުގެ ތެރެއިން އެސޯލްޓް ރައިފަލްއަކާއި ހަތް ވަޒަން ހޯދައިފަ އެވެ.

ހާދިސާ ހިނގި ވަގުތު ރިއާނާ އާއި އޭނާގެ ކުދިން ގޭގައި އުޅެ އެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;