ads
ޖަޕާންގެ ޖެޓްރޯ ކުންފުންޏާއި އެކު މިފްކޯއިން ބޭއްވި މަޝްވަރާތަކުގެ ތެރެއިން
މިފްކޯގެ ވިޔަފާރި ފުޅާކުރަން ޖަޕާނުގެ ކުންފުންޏަކާއި މަޝްވަރާތަކެއް
މިފްކޯގެ ވިޔަފާރި ފުޅާކުރަން ޖަޕާނުގެ ކުންފުންޏަކާއި މަޝްވަރާތަކެއް ބާއްވައިފިއެވެ.
Advertisement

މިފްކޯއިން ބުނީ އެ ކުންފުނިން ބައްދަލުކުރީ ޖަޕާނުގެ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) ކުންފުންޏާއިކަމަށެވެ. 

މި ބައްދަލުވުމުގައި މަޝްވަރާކުރީ މިފްކޯގެ އުފެއްދުންތައް ޖަފާނުގައި ވިއްކުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންކަމަށެވެ. އަދި މިފްކޯގެ ވިޔަފާރި ޖަފާނުގައި ފުޅާކުރުމަށްވެސް ޖެޓްރޯ ކުންފިނިިން ވެދެވޭނެ އެހީތެރިކަމާއި ގުޅޭގޮތުންވެސް މަޝްވަރާކުރިކަމަށް މިފްކޯއިން ބުނެއެވެ. މި މަޝްވަރާތައް އޮތީ ޓޯކިޔޯއަށް ހުންނަ ޖެޓްރޯގެ މައި އޮފީހުގައެވެ.

މި މަޝްވަރާގައި މިފްކޯގެ ފަރާތުން ބައިވެރިވީ އެ ކުންފުނީގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ކޯޕަރޭޓް އެފެއާޒް ޖެނެރަލް މެނޭޖަރު އާމިނަތު ސަނިއްޔާ ޝަރީފެވެ. މީގެއިތުރުން މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ހަވާލުވެޑައިގެން ހުންނެވި ޑެޕިއުޓީ އެމްބެސެޑަރު އަހްމަދު އާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހައްވާ ސަމްހާ ވެސް ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;