އީދު އަލިން ދިއްލާލުން
2024-04-09 11:09:47
ފިތުރު އީދަށް މުޅި ރާއްޖެ ދިއްލާލީ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި "އީދު އަލި" ހަފްލާގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ޖުމްހޫރީ މައިދާނާ އެކު، މުޅި މާލެ ސިޓީ އާއި ރާއްެޖޭގެ ހުރިހާ އަތޮޅެއް އީދު އަލިން ދިއްލާލުން ފައްޓަވައިދެއްވައިފަ އެވެ.