ads
އެޗްއާރުސީއެމްގެ މެމްބަރުން
ފަސް ބިދޭސީން މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަނީ
އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކު މަރުވުމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ހާދިސާ ތަހުގީގު ކުރަން ފަށައިފިއެވެ.
Advertisement

ދިގުރަށުގައި ހުންނަ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބީދޭސީއަކު މަރުވެފައިވާއިރު ފިހުނު ދެ ބީދޭސީއަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ. 

އެޗްއާރުސީއެމުން ބުނީ އދ.ދިގުރަށުގައި ރޭ ހިނގާ ދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައިކަމަށެވެ. އަދި އެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް މި ކޮމިޝަނުގެ ފަރާތުން ތައުޒިޔާ ކިޔާކަަމަށްވެސް އެޗްއާރުސީއެމުން ބުނެއެވެ. 

އެ ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތު އަދި މި ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ ގާތުން ބަލަމުންދާކަމަށް އެޗްއާރުސީއެމުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;