ads
ސުޕްރީމް ކޯޓު
ކުއްޖާގެ ގްރޭޑާމެދު އަލުން ގޮތެއް ނިންމަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި
އުމުރު ހަމަނުވާތީ ސްކޫލުގައި ގްރޭޑް ބަދަލުނުކުރެވުނު ކުއްޖެއްގެ އެސެސްމަންޓުތަކަށް ބަލައި އެ ކުއްޖާ ހުންނަންޖެހޭ ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފި އެވެ.
Advertisement

މި މައްސަލައަކީ 2024 ވަނަ އަހަރު ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ކަނޑައެޅި އުމުރު ހަމަނުވާތީ، ޕްރީސްކޫލް ކުއްޖަކު ނާސަރީއަށް ބަދަލުނުކޮށް ރިޕީޓްކުރަން މިނިސްޓްރީން ނިންމުމުން، އެ ކުއްޖާގެ ބެލެނިވެރިޔާ ހުށަހެޅި މައްސަލައެކެވެ. ސިވިލް ކޯޓުން މިނިސްޓްރީއާ އެއްކޮޅަށް ނިންމި ނަމަވެސް، ހައިކޯޓުން ނިންމީ ކުއްޖާގެ އެސެސްމަންޓްތަކަށް ބަލައި ގްރޭޑާމެދު އަލުން ގޮތެއް ނިންމުމަށެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ހުކުމުގައި ފާހަގަކުރައްވާފައިވަނީ:

ތައުލީމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކުދިން ވައްދާނެ ގްރޭޑް ކަނޑައަޅަނީ އުމުރަށް ބަލައިގެން ކަމަށްވުން.

ތައުލީމީ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމުގެ ބާރު އޮތީ މިނިސްޓްރީއަށް ކަމަށްވާއިރު، އެ ނޫން ގޮތަކަށް އަމަލުކުރަން ތަންފީޒީ އިދާރާއަކަށް ކޯޓުތަކުން އަމުރުނުކުރެވޭނެ ކަމަށްވުން.

އެހެންކަމުން ކުއްޖާގެ ހާލަތަށް ބަލައި ގްރޭޑާމެދު އަލުން ގޮތެއް ނިންމަން އެންގި އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށް ބަލައި، ހައިކޯޓުގެ ނިންމުމުގެ އެބައި ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް