ads
2023ގެ ރިޔާސީ އިންތިހާބު އޮބްޒާވަރުންގެ ގޮތުގައި މަސައްކަތް ކުރި ބޭރުގެ އޮބްޒާވަރުންގެ ތެރެއިން ބައެއް އޮބްޒާވަރުން
ޕާޓީތަކުން އެދޭތީ އޮބްޒާވަރުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފީ
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އޮބްޒާވަރަކަށް ވުމަށް ނަން ހުށައަޅަންދިން މުއްދަތު އިލަކެޝަންސް އިތުރުކޮށްފިއެވެ.
Advertisement

އިސީން ބުނީ އަންނަ މަހުގެ 0 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ހުށައަޅާފައިވާކަމަށެވެ. 

އެހެންކަމުން މިއަދުގެ ހެނދުނު 08:00 އިން ފެށިގެން މާދަމާރޭގެ ދަންވަރު 12:00 ޖަހަންދެން އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާކަމަށް އީސީން ބުނެއެވެ.

ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާއަތްތަކަށް ފާސްދޫކުރެވޭނީ، އެއިން ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްއިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ 10 އިންސައްތައިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ 1 އޮބްޒާވަރަށްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;