ads
ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާ ހަދަން ބިން ހިއްކަން ފެށުމުގެ ތެރެއިން
ނިލަންދޫގައި މަސް ބަންދުކުރާ ކާރުހާނާ ހަދަން ބިން ހިއްކަން ފަަށައިފި
ފ. ނިލަންދޫގައި ހަދާ މަސް ބަންދުކުރާ ކާރުހާނާ ހަދަން ބޭނުންވާ ބިން ހިއްކަން ފަށައިފިއެވެ.
Advertisement

ފިޝަރީޒް މިނިސްޓްރީން ބުނީ ފ. ނިލަންދޫގައި އަޅަނީ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއްކަމަށެވެ. 

އެގޮތުން އެތަނަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ ބުރާސްފަތިދުވަހު ފަށާފައިވާކަމަށެވެ. 

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ ކާރުހާނާގައި ދުވާލަކު  50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އަދި  މި މަޝްރޫއުގެ ދަށުން 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް އެޅުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

މަސް ޕްރޮސެސްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، ތިން ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެކްޓްރީތައް އެޅުމަށް ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފައެވެ.

މި މަސް ފެކްޓަރީތައް އަޅަން ނިންމާފައިވަނީ ޅ. ފެލިވަރާއި ދ. މާދެލީގެ އިތުރުން ގދ. ފިޔޯރީގެ އިތުރުން ފ. ނިލަންދޫގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;