ads
ހިމޭން ކަރުނަ
ހިމޭން ކަރުނަ - ދެ ވަނަ ބައި
އެޕިސޯޑް 2
Advertisement

ނަޔާބުގެ ކަރުނަ ފެންނާނެ އެންމެ ލޮލެއްވެސް މިތަނުގައި ނުވެ އެވެ. ހަމްދަރުދީއަކަށް ކުރާނެ އުއްމީދެއް ނެތެވެ. ބުނާތީ އަޑުއިވެ އެވެ. އެގޭގެ އެންމެ ލޯބި ދެމަފިރިންނަކީ އަސްމާރުއާއި ނަޔާބު އެވެ. އާދިލް، އިގްރާއަށް ނުދޭ ސަމާލުކަމާއި ލޯބި ނަޔާބުއަށް ދޭތީ އެވެ. އެކަމާއި މާމަ ކުރާ ޝަކުވާ މަދެއް ނުވާނެ އެވެ. ނަމަވެސް ހިތި ހަގީގަތް ދެނިވޮޑިގެންވާނީ ﷲ ތައާލާ އެވެ. ދެން ނަޔާބު އެވެ. 

'ސިސް، އަހަރެން މިއަދު ނިމޭނީ ލަހުން.. ގެއަށް އާދެވޭނެ އިރެއް ބުނާކަށް ނޭގެ.. އަހަރެން ނަޔަސް ކައިގެން ނޫނީ ސިސްމެން  ނުނިދާތި' 

އިށީންދެ އިން ގޮނޑިން ތެދުވަމުން އަސްމާރު ބުނީ އޭނާގެ ކޮއްކޮއާއި ޅިޔަނަށް ހިނިތުންވަމުންނެވެ. ނަޔާބުގެ ހިތަށް ކުރާނެ އަސަރެއް ނޫނީ ގަންނާނެ ލަދަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަނބިމީހާގެ އަގެއް ނެތްކަން ސާބިތުކޮށްދޭން މިއަށްވުރެން މޮޅު ގޮތެއް އޮންނާނެ ހެއްޔެވެ؟ 

'ތުއްތުބެ މިހާރު ތިއުޅެނީ ކައިވެނި ކޮއްގެން.. ގެއަށް އަންނާނެ ވަގުތާއި، ކައިގެން ދެފައި ދޮވެގެން ނިދަން ނަސޭހަތް ދޭން ވާނީ އަނބިމީހާއަށް.. އަހަންނަށް ކާންދީ، ބަލަހައްޓާނެ މީހަކު އެބަހުރި' ފިރިމީހާގެ ކޮނޑުގައި ބޯ އަޅާލާފައި މަލާމާތުގެ ބެލުމަކުން ނަޔާބުއަށް ބަލައިލަމުން އިގްރާ ބުންޏެވެ.

އިތުރު އެއްވެސް އެއްޗެއް ނުބުނެ އަސްމާރު ގެއިން ނިކުތީ ނަޔާބުއާއި ދިމާއަށް އިސްއުފުލައި ބަލައިވެސް ނުލަ އެވެ. 

އެތަށް ހިއްވަރަކަށްފަހު ތެދު ބުނެދިނުމަށް އަޒުމު ކަނޑައަޅައިގެން ނަޔާބު މިއަދު ހާމަކޮށްދިނުމަށް އުޅުނު ހުރިހައި ވާހަކައަކަށްވެސް އަސްމާރް ދިނީ ބީރުކަންފަތެވެ. އޭނާގެ ކޮއްކޮގެ ފިރިމީހާގެ ހަގީގަތް ބުނެދެވޭތޯ ނަޔާބު މަސައްކަތް ކޮއްފި އެވެ. އަޑު ނޭހިޔަސް، އެ ވާހަކަތައް އިއްވި އެވެ. ބުއްދިއެއް ހުރިނަމަ އެކަންކަމަށް އަސްމާރު ވިސްނާނެ އެވެ.

އަމިއްލަ ސިކުނޑީގައި ގޮތް ނިންމާފައި، ކޮންމެ ކަމެއްގެ އަދަބު ނަޔާބުއަށް ދެވުމުން އަސްމާރުގެ ހިތްހަމަޖެހުނީ އެވެ. 

އަސްމާރުގެ ފައިލްގައި ހުރި ރަސްމީ ލިޔުންތަކުގެ ތެރެއަށް ލުމަށްފަހު ސޮއިކޮށްގެން ގެނެސްދިނުމަށް އެދުނު ލިޔުން، ނަޔާބު ވީދާލާފައި އަންދާލި ދުވަހުން ފެށިގެން އާދިލްގެ ގޯނާތަށް އެކިގޮތްގޮތުން ނަޔާބުއަށް އަންނަނީ އަމާޒުވަމުންނެވެ. އާދިލްގެ އެއްވެސް ކުށެށް ފެންނާނެ މީހަކު އެގޭގައި ނޫޅޭނެކަން ނަޔާބުއަށް އިނގޭތީ އެހުރިހައި ކަމެއް އޭނާ ހައްލުކުރަމުން އެއައީ އެކަނިމައި އެކަންޏެވެ. ހިމާޔަތަކަށް އެދެން ހުރީ ފިރިމީހާ އެވެ. ކަނު ލޮލަކާއި ބީރުކަންފަތެއް ޖަހައިގެން ނަޔާބު ގާތަށް އާދެވުނީމައި އޭނާގެ ވާޖިބު އަދާކުރެވުނީ އެވެ. 

އާދިލް، އިގްރާއާއި ކައިވެނިކުރީވެސް ހީލަތްތެރިކަމާއެކު އަސްމާރުގެ ފައިސާ ފޭރިގަތުމަށް ރާވައިގެންނެވެ. އިގްރާގެ ނަމުގައި އަދި އެހެން ގޮތްގޮތުން އާދިލްއަށް އަސްމާރު ދެމުންދާ ފައިސާ އޭނާ ބޭނުން ކުރަނީ ކޮން ގޮތަކަށް ތޯ ބަލައިލާނެ މީހަކު އެ ގޭގައި ނެތެވެ. ހުރިހައި ހަގީގަތެއް ނޭގުނަސް، އާދިލްގެ ޖާހިލުކަމުގެ ކިތަންމެ ބާބެއް ނަޔާބު ހިތުދަހެވެ.

އެއިން ކަމަކާ ގުޅުވައިގެން ދުލުން އެންމެ ލަފުޒެއް ބުނުމަށްވެސް ނަޔާބުގެ އަނގަ ނުހުޅުވާނެ އެވެ.

ނަޔާބު ނޫން ކޮންމެ މީހަކީ އެގޭގައި 'އިތުބާރު ކުރެވޭ' އަދި 'އިތުބާރު ހުރި' މީހަކަށް ވާތީ އެވެ. މިއަދު އަސްމާރު ކަންކުރިގޮތުން ނަޔާބު ލަދުގަތްފި އެވެ. ގެއިން ނިކުމެގެން އޭނާ އެ ދިޔައީ ދެންތިބި މީހުން ނަޔާބުއަށް ކުރާނެ ފުރައްސާރައަކަށް ފިކުރުކުރުމެއް ނެތި އެވެ.

ނާސްތާގެ މޭޒުން ތެދުވެގެން ނަޔާބު މިސްރާބުޖެހީ ބަދިގެ އަށެވެ. އޭނާގެ ޒިންމާ އަދާކުރުމަށެވެ.

ސިއްރާއި ފާޅުގައި އަންނަ ކޮންމެ ހަމަލާއަކުން ކޮންމެ ހާލެއްގައިވެސް އާއިލާ ދިފާއުކުރުމަށް، މިފަދަ ކޮންމެ ވަގުތެއްގައި ނަޔާބުގެ އަމިއްލަ ނަފުސަށް ވައުދުވެ އެވެ.

ޝުކުރު އަދާކުރާނެ ދުލެއް ނެތަސް، ބަހާރީގެއަށް އެ އުފާވެރިކަން އައީ މީގެ ދޮޅު އަހަރު ކުރިންނެވެ. 

ފަތިސް ނަމާދުން ފައިބައިގެން އައިސް ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަކީ ނަޔާބުގެ އާދައެކެވެ. ގޭގައި ގިނަ ބަޔަކު ނޫޅުނަސް، އަސްމާރުއާއި އޭނާގެ ކޮއްކޮ އިގްރާއާއި އޭނާގެ ފިރިމީހާ އާދިލްއަށްވެސް ތަފާތުކުރުމެއް ނެތި، އެމީހަކަށް އެންމެ ކަމުދާނެ ގޮތަށް ނާސްތާ ތައްޔާރުކުރުމަށް ނަޔާބު އިސްކަންދެ އެވެ. މި ދުވަސްކޮޅު ރަށުގައި ނެތަސް ގޭގެ އެންމެ އިސް ފަރާތަކީ އިގްރާއާއި އަސްމާރުގެ މާމަ އެވެ. 

މާމަގެ ލޯތްބާއި އޯގާތެރިކަން މިހައިތަނަށް ލިބިފައި ނެތަސް، މާމަގެ ހުރިހައިކަމެއް ބަލަހައްޓައި މާމަގެ ޒިންމާ ފުރިހަމައަށް ނަގާ ހަމައެކަނި މީހަކީ ނާޔާބު އެވެ. އެ ގެއަށް އޭނާ އައުމުގެ ކުރީން މާމަގެ އެހީތެރިއެއްގެ ގޮތުގައި ނޭޕާލް ކުއްޖަކު ގެންގުޅުނަސް، ނަޔާބު އައުމާއެކު އެ ކުއްޖާވެސް އަނބުރާ ފޮނުވާލި އެވެ. 

މިފަހަރު އުމުރާއަށް މާމަ ފުރި ދުވަހުވެސް ނަޔާބުއާއި ސަލާމްވެސް ކޮށްނުލަ އެވެ. ނަމަވެސް ކުޑަމިނުން މާމަގެ ފައިގައި ކޮންމެ ރެއަކު ތެޔޮ އުނގުޅައި ދިނުމާއި، މާމަގެ ބޮލުގައި ފުނާއަޅާއިދިނުމަކީވެސް ނަޔާބުގެ އުފަލެކެވެ. 

ބަހާރީގެއަކީ ބޮޑު ގެއެކެވެ. ރަން ރިހީގެ އަމިއްލަ ވިޔަފާރިއެއް ހިންގާ ތަނަވަސް އާއިލާއެކެވެ. ގެއާއި ގޯތީގެ ސާފުކުރުމުން ފެށިގެން ބަދިގޭގެ ކެއްކުމާއި އަންނައުނު ދޮވެ އިސްތިރި ކުރުމަކީވެސް ހަމައެކަނި ނަޔާބުއަށް އޮންނަ ޒިންމާތަކެވެ. އެއިން ކަމަކަށް ނަޔާބު ދުވަހެއްގައިވެސް ޝަކުވާއެއް އުފުލާފައި ނުވެ އެވެ. 

ޓެރަސްގައި ހިއްކަން އަޅާފައި ހުރި އަންނައުނު ނަގަން ދިޔަ ދުވަހެއްގެ، ހަވީރުގެ ވަގުތާއި ހައަޔަށް ލިބެމުންދިޔަ ހިތްހަމަޖެހުމެއް އޮވެ އެވެ. އެދުވަހު ދިމާވި ހާދިސާއަށްފަހު އަސްމާރުގެ އިތުބާރު ނަޔާބުގެ މައްޗަށް ގެއްލުނީ އެވެ. އޭނާގެ ކުޑަވެސް ކުށެށް އޮވެގެން ނޫނެވެ. އެއީވެސް އަސްމާރުގެ ދިފާއުގައި އޭނާ ނިންމި ނިންމުމެއްގެ އަގު އަދާކުރާންޖެހުނު ހިތްދަތި ގޮތެވެ. 

މުޅި ދުވަހުގެ ބުރަ މަސައްކަތަށްފަހު ހަވީރު އޮފީސް ނިންމާފައި އައިސް ނަޔާބުއާއެކު ވަގުތު ހޭދަކުރުމަކީ، އަސްމާރުގެ އާދައެކެވެ. އެއީ އިތުރު ތުހުމަތެއް ނެތި، އޭނާގެ ދުވަހުގެ މަސައްކަތްތަށް އަނބިމީހާއާއި ހިއްސާކުރާ އުފާވެރި ވަގުތެވެ. ނަމަވެސް އެ ދުވަހުގެ ހާދިސާއަށްފަހު އެކަންވެސް މާޒީވެއްޖެ އެވެ. 

ކުރިމަތިވި ނުވަތަ ގަސްތުގައި މީހަކު ކުރިމަތިކުރި ހަގީގަތެއް ނެތް އެ ހާދިސާއަކީ ނަޔާބުގެ ހަޔާތުގައި މިހައިތަނަށް ލިބުނު އެންމެ ބޮޑު އަދި ހުތުރު އަނިޔާ އެވެ. ސުވާލަކާއި ނުލައި ޖިސްމާނީ އެތަށް އަނިޔާއެއް އަސްމާރު ދިނީ، އާދިލްގެ ސަބަބުންނެވެ. ރޯނުގައި ހުރި އަންނައުނު ނަގަމުން ދަނިކޮށް ފަހަތުން ނަޔާބުގެ ގައިގައި އާދިލް ބައްދާލާފައި، އަސްމާރުއާއި އޭނާގެ ކޮއްކޮއާއި ބެހޭގޮތުން ބުނެލި ޖުމުލަ، ވިހަގަދަ ޒަހަރަށް ވުރެން އެތަށްގުނައެއް ނުރައްކާ ބޮޑެވެ. 

އަސްމާރު އަންނަނީ ނަޔާބު ގާތަށްކަން އެނގިހުރެ، އޭނާއަށް ވުރެން ކުރިން ޓެރަސްއަށް އައީ އާދިލް އެވެ. ދެ އަތުގެ ހައްޔަރުން މިންޖުވާނެ ފުރުސަތު ނުދީ، އާދިލްގެ ދެ އަތުގެ ތެރޭގައި ނަޔާބު ހައްޔާރުކޮށްލީ އެމަންޒަރު ގަސްތުގައި އަސްމާރްއަށް ދައްކާށެވެ. ޝައްކާއި ވަހުމުން ނަޔާބުއަށް އަނިޔާ ދިނުމަށެވެ. އެ ދުވަހުގެ އެ ވިހަ ބުނުން، މިއަދުވެސް ނަޔާބުގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.

'އަސްމާރުއާއި އޭނާގެ ކޮއްކޮ އަހަރުމެންގެ މަޅީގައި ޖައްސައިލެވުނީ ހަމައެކަނި އަހަރެންގެ ތިޔަ ލޯބިވާ ނަޔާބުގެ ސަބަބުން.. އައި ލަވް ޔޫ ސޯ މަޗް، ބޭބީ.. އެ ދެ މީހުންނަށް އަހަރުމެންގެ ހަގީގަތް ދުވަހަކުވެސް އެނގުނަ ނުދޭނަން.. މާގިނަ އިރު މިތާގަ ނުހުރެވޭނެ.. އަސްމާރުއަށް ފެނިދާނެ' 

ޓެރަސްގެ ސިޑިން އެރި އަސްމާރުގެ ކަންފަތުގައި އެ ލަފުޒުތަށް ޖެހުމާއެކު، ހައިވެފައި  އޮތް ސިންގާއެއް ފަދައިން ނަޔާބުއާއި ދިމާއަށް އައީ އިވުނު އަޑު ޔަގީންކޮށްފަ އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;