މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ އުތުރު ފަރާތު ހެންވޭރު ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން ފާލަން ހިމެނޭ ގޮތަށް މާލޭ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް މިމަހުގެ 21 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ވަނީ މިއަދުން ފެށިގެން މަގު ފުޅާކުރުމުގެ މަސައްކަތްތައް ނިމި އާންމުކޮށް ސަރަހައްދު ހުޅުވާލެވެންދެން އެ ސަރަަހައްދުގެ އެއްގަމު ތޮއްޓާއި ހުރަސްތޮށީގައި އެއްވެސް އުޅަނދެއް މަޑު ނުކުރުމަށާއި ދާއިމީކޮށް އަޅާފައި ނުބޭއްވުމަށް އަންގައިފަ އެވެ.
ރަސްމީ ޖެޓީން ފެށިގެން ހެންވޭރުން އެމްޓީސީސީގެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރަން ރޯދަ މަހުގެ ފަހުކޮޅު ފަށާނެ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ކުރިން ވިދާޅުވެފައިވެ އެވެ.
މި މަސައްކަތަށް ހެންވޭރު ޓާމިނަލް އިން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މަސައްކަތް ނިންމާ ސަރަހައްދު ހުޅުވެންދެން ބަންދުވާނެ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޯގަސްޓު މަހު އެވެ. އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، 455 ދުވަހުން (ގާތްގަނޑަކަށް 1 އަހަރާއި 3 މަހުން) ނިންމަން ޖެހޭ ގޮތަށެވެ. މަސައްކަތުގެ އަގަކީ 144 މިލިއަން ރުފިޔާ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;