ads
ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަބްދުލް މުއިއްޒު ހަސަން
ތެލެސީމިއާ ކުދިންގެ ހިދުމަތްތެރިޔާ މުއިއްޒު ނިޔާވެއްޖެ
ތެލެސީމިއާ ކުދިންގެ ހިދުމަތްތެރިޔާ ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަބްދުލް މުއިއްޒު ހަސަން ނިޔާވެއްޖެއެވެ.
Advertisement

މުއިއްޒު ނިޔާވީ ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދާތާ ދުވަސްކޮޅެއް ފަހުން މިއަދުގެ ވަގުތެއްގައެވެ. މުއިއްޒު ނިޔާވީ އުމުރުން 37 އަހަރުގައެވެ. 

ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުން ގެންދިޔަ މުުއިއްޒަކީ ތެކަސީމިއާ ކުދިންގެ ހައްގުގައި އެތައް މަސައްކަތެއް ކޮށްފައިވާ ޒުވާނެކެވެ.  

އެގޮތުން އެނާ ވަނީ ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަންކަމުގެ މަޤާމުވެސް ފުރާފައެވެ. އެ މަގާމުގައި ހުރެ ރާއްޖޭގައި ތެލެސީމިއާ ފަރުވާގެ ފެންވަރު މަތިކުރުމަށާއި، ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތަކެއް ކޮށްފައިވެއެވެ. އަދި ލޭ އަޅާ ކުދިންނަށް ބޭނުންވާ ޑެސްފަރޯލް ފަދަ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށް މުއިއްޒު އިސްވެ ހުރެ ވަނީ ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. 

މުއިއްޒު ނިޔާވިއިރު ވަޒީފާ އަދާކުރަމުން ދިޔައީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. އޭނާއަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;