ads
ހަރަދު ކުޑަކުރަން ލަންކާގެ މަސައްކަތު ހަފުތާ ހަތަރު ދުވަހަށް ބަދަލުކޮށްފި
ހަރަދު ކުޑަކުރަން ލަންކާގެ މަސައްކަތު ހަފުތާ ހަތަރު ދުވަހަށް ބަދަލުކޮށްފި
އީރާން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލެމުންދާތީ ސްރީލަންކާގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން މިއަދު ކަނޑައަޅައިފި އެވެ.
Advertisement

ސްރީލަންކާގެ ކޮމިޝަނާ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް، ޕްރަބާތު ޗަންދްރަކީރްތީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ބުދަ ދުވަހުން ފެށިގެން ކަމަށެވެ. 

"އަމިއްލަ ވިޔަފާރިތަކުން ވެސް މިގޮތަށް އަމަލުކޮށް، މީގެ ފަހުން ކޮންމެ ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އަޅުގަނޑުމެން އެދެން،" ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ ރިޔާސަތު ބެލެހެއްޓެވި ކުއްލި ބައްދަލުވުމަކަށް ފަހު ޗަންދްރަކީރްތީ ވިދާޅުވި އެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް %20 ދަތުރުކުރާ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެންނެވެ.

މި ދަތިތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ތައްޔާރުވުމަށް ރައީސް ދިސާނަޔަކަ ވަނީ އޮފިޝަލުންނަށް އިރުޝާދު ދެއްވާފަ އެވެ.

ލަންކާގައި މިހާރު ވަނީ ތެޔޮ ވެސް ކޮންމެ ވެހިކަލަކަށް ވަކި މިންވަރަކަށް ވިއްކަން ފަށައިފަ އެވެ. މިހާރު ކަނޑައަޅާފައިވަނީ އާންމު ވެހިކަލަކަށް ހަފްތާއަކު 15 ލިޓަރު އަދި ޕަބްލިކް ޓްރާންސްޕޯޓްގައި ބޭނުންކުރާ ވެހިކަލްތަކަށް ހަފްތާއަކު 200 ލިޓަރެވެ. 

އޮފިޝަލުން ބުނީ އެ ގައުމުގެ ޕެޓްރޯލް އަދި ޑީސަލް ރިޒާވްގައި ހަ ހަފުތާއަށް ވާ ވަރަށް ހުންނާނެ ކަމަށާއި ނަމަވެސް ސަޕްލައިއަށް އިތުރަށް ބުރޫ އަރައިފި އަރައިފި ނަމަ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. 

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، މިކަމުގެ އަސަރު ދިވެހިރާއްޖެއަށްވެސް ދަނީ ކުރަމުންނެވެ. ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރާއްޖެއަށް ތެލުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާއި ސަޕްލައި ޔަގީންކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;