ads
ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ހިންގާ ރިހިވެލި ރެސްޓޯރަންޓް: ފެށުނީއްސުރެ ބަރާބަރަށް އެޗްޑީސީއަށް ކުލި ނުދައްކާ ކަމަށް އެ ކުންފުނިން ބުނޭ.
ކުލި ނުދައްކާތީ ހުޅުމާލޭގެ ރިވެލި ރެސްޓޯރަންޓް ހުރި ބިން ހުސްކުރަނީ
އެޗްޑީސީއަށް ދައްކަންޖެހޭ ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގެ މަޝްހޫރު ރިވެލި ބީޗް ކްލަބް އެންޑް ރެސްޓޯރަންޓް ހިންގާ ބިމުގެ އެއްބަސްވުން ބާތިލްކޮށް، އެ ތަނުގައި އެއްވެސް ވިޔަފާރިއެއް ނުކުރަން މިއަދު އަންގައިފި އެވެ.
Advertisement

އެޗްޑީސީއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ހުޅުމާލޭގެ ލޮޓް ނަމްބަރު 10877 ގައި ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ބާތިލުކޮށް، މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަަށް ނެގުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.

އެހެންކަމުން މިއަދުން ފެށިގެން ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި ޚިދުމަތެއް ވެސް ނުދެވޭނެ ކަަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

އެޗްޑީސީއިން ބުނީ އެ ނިންމުން އެ ކޯޕަރޭޝަނުން ނިންމާފައި ވަނީ، ކުލި ނުދައްކައި ދިގު މުއަދަތެއްވެފައި ވުމުން ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދީފައިވާކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

އެޗްޑީސީއިން ބުނީ އެ ނިންމުމަކީ އާންމުންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށްފަހު ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"މި ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވީހާ ވެސް ފަހި ފުރުސަތުތަކެއް އަބަދުވެސް ފަހިކޮށްދިނުމެވެ."

އެޗްޑީސީއަަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ކުލި ބަރާބަރަށް ނުދައްކާ މައްސަލަ ބޮޑުވެ، އެ ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ތެރޭގައި ބައެއް ވިޔަފާރިތަކާއި ފްލެޓުތަކުގެ ކުލި ވެސް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް