ads
ސޮރީގެ ޕޯސްޓަރު
"ސޮރީ" ފިލްމު އަނެއްކާވެސް ސިނަމާއަށް އަންނަނީ
"ކަލާޔާނުލާ" އާއި "ޒުލޭހާ" އާއި "ޔޫސުފް" އަދި "4426" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ މިދިޔަ އަހަރު ގެނެސްދިން ފިލްމު "ސޮރީ" އަނެއްކާ ވެސް ބޮޑު ސްކްރީންގައި ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ނަހުލާ ބުނާ ގޮތުން މި ފިލްމު މި ފަހަރު އަޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 21 އިން ފެށިގެން ހުޅުމާލޭގެ ސިނެލޮޖް ސިނަމާގައި އެވެ. 

މި ފިލްމު ވެގެން ގޮސްފައިވަނީ ގިނަ ބައެއް މަގުބޫލުކަން ލިބިގެން ދިޔަ ފިލްމަކަށެވެ. 

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނަންވިދާ ގިނަ ތަރީންތަކެއް ހިމެނޭހެން ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. 

"ސޮރީ" ފިލްމު ބަލަން ދިޔަ އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ތައުރީފު ކޮށްފައެވެ. 

ނަހޫ މިފަހަރުވެސް ގެނެސްދީފައިވަނީ ހަމަ ވަރަށް އަސަރުގަދަ، ލޮލުން ކަރުނަ އޮއްސާލާ ފަދަ ފިލްމެއް ކަމަށް މި ފިލްމު ބަލަން ދިޔަ ގިނަ ބަޔަކު ވަނީ ބުނެފައެވެ.

"ސޮރީ" އަކީ މިދިޔަ އަހަރުގެ ޖޫން 17 އިން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އޮލިމްޕަހުގައި ޝޯތައް ދެއްކި ފިލްމެކެވެ. 

އޭގެ ފަހުން ހުޅުމާލޭގެ ޝްވެކް ސިނަމާގައި ވެސް ފިލްމުގެ ޝޯތަކެއް ދައްކާފައިވާ އިރު، ވަރަށް ގިނަ ރަށްރަށުގައި ވެސް އަޅުވާފައިވެ އެވެ. 

އަދި "ސޮރީ" ގެ ޝޯތަކެއް ސްރީ ލަންކާ އާއި ތައިލޭންޑްގައި ވެސް ދައްކާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;