ފުލުހުންގެ އިދާރާ ހިންގުމުގައި ހުރި ގޯސްތަކުގެ ވާހަކަ އާއި ޝަރުއީ ދާއިރާގައި ހުރި ގޯސްތަކުގެ ވާހަކަ އެތައް ދުވަހެއް ވަންދެން ދެކެވުނަސް، އެ ބަދަލު ގެންނަންވީ ގޮތުގެ އެންމެ ރަނގަޅު އަދި ރާއްޖެއާ ގުޅޭނެ ފޯމިއުލާއެއް މިހާތަނަކަށް ހޯދިފައެއް ނުވެ އެވެ.
ނަމަވެސް "އެދޭ ރާއްޖެ" ހަރަކާތުން މިފަހުން ވަނީ ފުލުހުންގެ އިދާރާގެ އިސްވެރިންނާއި ކޯޓުތަކުގެ ފަނޑިޔާރުންގެ އުޅުމާއި އަހްލާގު އިސްލާހު ކުރުމަށް މި ދެ މުއައްސަސާއަށް ގެންނަންވީ ބަދަލުތަކެއް ރައްޔިތުންގެ ހިޔާލަށް ދޫކޮށްލާފަ އެވެ.
އެގޮތުން ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ މިނިވަން، މުސްތަގިއްލު ޝަރުއީ ދާއިރާއެއް ކަށަވަރުކޮށްދިނުމަށް އެދޭ ރާއްޖެ ކަރުދާހުގައިވާ ހުށައެޅުމަކީ ސުޕްރިމް ކޯޓު ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލުގެ މަގާމަށް މީހުން އައްޔަނު ކުރުމުގައި މަދަނީ މުޖުތަމައުގެ ހުށަހެޅުންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުން އެއްބަސްވެ، ރައްޔިތުންގެ މަޖިލީހުގެ މަތިގޭގެ ރުހުން ދޭ މީހުންނާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މަގާމަށް އައްޔަނު ކުރާ ގޮތަށް ކަނޑައަޅައި އަދި ވަކި ކުރުމުގައި ވެސް ފެންނަ ނުފެންނަ ވޯޓް ނަގާ ގޮތަށް ހަމަޖެއްސުމަށް
ނަތީޖާ:
ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ނުފޫޒުން ސުޕްރިމް ކޯޓުގެ ފަނޑިޔާރުންނާއި ޕޮލިސް ކޮމިޝަނަރާއި ޕްރޮސިކިއުޓަރު ޖެނެރަލް އާއި ބަންޑާރަ ނައިބާއި އޮޑިޓަ ޖެނެރަލް މިނިވަންވެ، ރައްޔިތުންގެ ހައްގުތަކާއި ދައުލަތުގެ ރައްކާތެރިކަން ކަވަރުވުން
ޝަރުއީ ދާއިރާ އާއި ފުލުހުންގެ އިދާރާގެ މިނިވަންކަން ކަށަވަރުވުމަކީ އެ ދާއިރާއަށް ރައްޔިތުންގެ އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. ކޯޓުތަކާއި ފުލުސް އޮފީހަކީ ހަމައެކަނި ވަކި ބަޔަކަށް އިންސާފު ހޯދައިދޭ ތަންތަނުގެ ބަދަލުގައި، އާންމު ރައްޔިތު މީހާއަށްވެސް ހަމަހަމަކަމާއެކު އިންސާފު ލިބޭނެ ތަންތަންކަމުގެ ޔަގީންކަން އޮންނަންޖެހެ އެވެ.
ތިން ދުވަހުގެ މުއްދަތަށް އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމަކީ ހުޅުމާލެ ޕޮލިހުން އަންނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ ފޯރަމެކެވެ.
މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު ޝަމީމެވެ. މީގެއިތުރުން ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިންގެ އިތުރުން ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުން މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފޯރަމްގެ ޝަރަފުވެރި މެހުމާން އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޝަމީމް ދެއްކެވި ވާހަކަފުޅުގައި، އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އަންނަ އަހަރު ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލެވޭނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއުއިން މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމާއި، މުޖުތަމައުގެ ބައިވެރިވުމާއި، ކުންމަދު ކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. މީގެއިތުރުން މޮނިޓަރިން އަދި އިވެލުއޭޝަން ކަރަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު ނިޒާމެއް އޮންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ފޯރަމްގައި ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި، ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.