ads
އަންނާރުމާގެ: ނައީމާ މޫސާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި - ފޮޓޯ:ސީއެންއެމް
ނައީމާއްތަގެ މަރުގެ ހުރިހާކަމެއް ރޭވި ފަވާޒު ދޫކޮށްލައިފި
ނައީމާ މޫސާ، (ނައީމާއްތަ) މަރާލަން ރޭވުމުގެ ހުރިހާ ކަމެއް ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ ހަސަން ފަވާޒު ބަންދުން ދޫކޮށްލައިފިއެވެ.
Advertisement

ނ. މަނަދޫ އަންނާރުމާގޭ އުމުރުން 62 އަހަރުގެ ނައީމާ މޫސާ، ގިނަ ޒަހަމްތަކާއެކު އޭނާ ދިރިއުޅޭ ކޮޓަރީގައި މަރާލާފައި އޮއްވާ ފެނުނީ 7 އޭޕްރީލް 2023 ގައެވެ. 

ނައީމާގެ ހަށިގަނޑު ފެނުނުއިރު، ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ދީފައިވާއިރު، ޖިންސީ ގުނަވަނަށް ވެސް ހަމަލާ އަމާޒުވެފައިވާ ކަމަށް އަޑުތައް އޭރު ފެތުރުނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ. ނައީމާ މަރާލާފައި ވަނީ ސިހުރު ހަދާކަމަށް ބުނެ އެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ އެރަށު ތިން ޒުވާނުން ކަމަށްވާ އަބްދުލްވާހިދު ރިފާސް އާއި އަހުޒަމް އަބްދުއްޝުކޫރާއި ހަސަން ފަވާޒުގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ހިމެނޭ ފަވާޒްގެ މައްޗަށް ދައުވާތައް އުފުލި ސަބަބު ހާމަކުރަމުން ދައުލަތުން މިއަދު ބުނީ ރިފާސް އާއި އަހުޒަމްއަށް އިރުޝާދުދީ މި އަމަލު ހިންގާފައި ވަނީ ފަވާޒްގެ އެންގުމަށް ކަމަށެވެ. އޭގެ އަގެއްގެ ގޮތުގައި ދެ މީހުންނަށް ފަވާޒް ދިނީ މަސްތުވާތަކެތި ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ފަވާޒް ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޖަލު ބަންދުގައެވެ.

ޕީޖީ އޮފީހުން ބުނީ، ފަވާޒްގެ ސިއްހީ ހާލަތާ ގުޅިގެން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

ފަވާޒްގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިޢާޔަތްކޮށް، ގާނޫނުއަސާސީން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ޚާއްސަ ފިޔަވަޅެއްގެ ގޮތުން، ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;