މި ފިލްމަކީ ފްރޭންކް ހާބަޓްގެ "ޑޫން މެސިއާ" ނޮވެލްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
ޑައިރެކްޓަރު ވިލެނޫވް ބުނި ގޮތުގައި، ފުރަތަމަ ދެ ފިލްމަށް ވުރެ މި ފަހަރުގެ ފިލްމު މާ ބޮޑަށް ވެސް "އެކްޝަން-ޕެކްޑް" އަދި "ޓެންސް" ވާނެ އެވެ.
ޑިސެންބަރުގައި "ޑޫން 3" ބެލުންތެރިންނަށް ދޫކޮށްލާ އިރު، މީގެ ޑައިރެކްޓަރު ދެން ހަދަން އޮތް ފިލްމަކީ 'ޖޭމްސް ބޮންޑް' ފިލްމު ސީރީޒްގެ 26 ވަނަ ފިލްމެވެ. މީގެ ކާސްޓްގައި ޒެންޑާޔާ، ރޮބަޓް ޕެޓިންސަން، ޖޭސަން މޮމޯއޯ، ފްލޮރެސް ޕިއު، ރެބެކާ ފާގަސަން އަދި ޒޭވިއާ ބްރޭންޑެން ހިމެނެ އެވެ.
ޑެނިވެސް ވިލޯވް ޑައިރެޓްކޮޑް ގެނެސްދެމުން އަންނަ ވޯނާ ބްރިސްގެ "ޑޫން" ގެ ފުރަތަމަ ބައި ރިލީޒްކުރީ 2021 ގަ އެވެ. ޖުމްލަ 165 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 411 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެވެ.
އަދި 2024 ގެ "ޑޫން 2" އަކީ އާމްދަނީ އަށް 715 މިލިއަން ޑޮލަރު ލިބުނު ފިލްމެކެވެ. އެ ފިލްމު ހެދީ 190 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
ފިލްމުގެ މައިގަނޑު ވާހަކަ ބިނާވެފައި ވަނީ ބޮޑު ބާރެއް ލިބިފައިވާ އެމްޕެރާއެއްގެ ގޮތުގައި ހުރި ޕޯލް، އޭނާގެ ދިރިއުޅުމުގައި ކުރިމަތިވާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;