ads
ޝާހިދު
ނަތީޖާ ނެރެދޭނެ ތަޖުރިބާކާރު ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވެއްޖެ
ނަތީޖާ ނެރެދޭނެ ތަޖުރިބާކާރު ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށް ެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
Advertisement

ނަތީޖާ ނެރެދޭނެ ތަޖުރިބާކާރު ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ، އައްޑޫގައި މިހާރު ކުރިއަށް ގެންދަވާ ކެމްޕެއިންގެ ތެރެއިން، މިއަދު ސޯޝަލް މީޑިއާގައެވެ.

ސޯޝިލް މީޑިއާގައި ޝާހިދު މިއަދު ވިދާޅުވީ، ސުރުޚީއެއްގެ ގޮތުގައި އޮންނަ އައްޑޫ ތަރައްގީ އަދި މުޅި ދެކުނުގެ މުސްތަޤްބަލު ބަދަލުކޮށްލައްވާނެ ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު ފުރުއްވި ޝާހިދު، ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

ޢަބްދުﷲ ޝާހިދަކީ 2021 އިން 2022 އަށް އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސްކަން ކުރައްވައި، އެ މަގާމަށް އިންތިޚާބުވި ފުރަތަމަ ދިވެއްސަށްވުމުގެ ޝަރަފު ހޯއްދަވާފައެވެ. 40 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ޝާހިދުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފަ އެވެ. 

ޝާހިދަކީ ބައިނަލްއަޤްވާމީ ޑިޕްލޮމަސީއާއި، ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާއި، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތަށް ބޮޑެތި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;