ads
އިންތިހާބެއްގެ ވޯޓާސް ލިސްޓް
ވޯޓާސް ލިސްޓުގައި ސޮއިކުރުން އަލުން ފަށައިފި
އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުން ހުއްޓާލުމަށް ފަހު، އަލުން އެ މަސައްކަތް ފަށައިފި އެވެ.
Advertisement

ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކަންކަން މެދުކަނޑާލީ، ފުލޫނިޔާމަގުން، މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުންގަ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން، އެތަނާ ޖެހިގެން ހުންނަ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިދާރީ ހުރިހާ މަސައްކަތްތަކެއް ކުރާ އިންތިހާބީ މަރުކަޒު މިހާރު ވަނީ ހުސްކޮށްފަ އެވެ.

އެ ކޮމިޝަނުން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓުގައި ބުނީ ލިސްޓުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ސޮއިކުރަން ސޯޝަލް ސެންޓަރުގައި ފަށާފައިވާ ކަމަށެވެ. 

"އިންތިހާބީ ކަންކަމާ ގުޅޭ ހުރިހާ ލިޔެކިއުންތަކާއި ހުރިހާ ސާމާނެއް މިހާރު އިރާދަކުރެއްވިއްޔާ އެ ހުރީ ބޭރަށް ނެރެފައި. އެހެންވީމާ އިންތިހާބީ ކަންކަމަށް އެއްވެސް ބުރަލެއް ނާރާ، އިރާދަކުރެއްވިއްޔާ ހަމަ ރޭވިފައި އޮތް ގޮތަށް އިންތިހާބު [އަންނަ މަހުގެ] 4 ވަނަ ދުވަހު އަޅުގަނޑުމެން ގެންދާނަން،" ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި އެވެ.

އަންނަ މަހުގެ 4 ގައި ތިން ވޯޓެއް ނަގަން ހަމަޖެހިފައިވެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓި އަށް މެންބަރުން ހޮވުމުގެ އިތުރުން ރިޔާސީ އިންތިހާބާއު މަޖިލިސް އިންތިހާބުގައި އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނަގާ ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;