އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު، ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވެ، އެ ސަރަހައްދުން މީހުން ހުސްކޮށް ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިފަ އެވެ.
އެއާ އެކު، އިންތިހާބީ މަރުކަޒުގެ މަސައްކަތްތައް ވަގުތީ ގޮތުން ސޯޝަލް ސެންޓަރަށް ބަދަލުކޮށް، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ވޯޓުލާ މީހުންގެ ލިސްޓުގެ ސޮއިކުރުމުގެ މަސައްކަތް މިއަދު ހެނދުނު 10:00 ގައި ވަނީ ފަށާފަ އެވެ.
އީސީން މިއަދު ބުނީ، ވޯޓާސް ލިސްޓުގައި ސޮއި ކުރުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 1:00 ގެ ނިޔަލަށް ސޮއިކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަސައްކަތަށް އެއްދުވަސް އިތުރު ކުރިނަމަވެސް، މި ރަޖިސްޓަރީގައި ސޮއިކުރުމުގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް، މިއަދު ހެނދުނު 10:00 ހަވީރު 3:00 އަށް، އަދި ރޭގަނޑު 9:30 އިން 12:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާނެ ކަމަށް ވެސް އީސީން ބުންޏެވެ.
ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް ބަދަލުގައި އަންނަ މީހާގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ހިމެނޭ ގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއާއެކު ކެންޑިޑޭޓުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަން ޖެހޭނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. އަދި ރަޖިސްޓަރީގައި ސޮއިކުރަން އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެ ކަމަށްވެސް އީސީ އިން ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;