އެމްއެންޑީއެފުން ރޭ ބުނީ ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެ އެވެ.
ފުލުހުން ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު އެ ލޯންޗުގައި ޖުމުލަ ހަތް މީހަކު ތިބި ކަމަށެވެ. އެއީ؛
ފުލުހުން ބުނީ މި ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް މޫދަށް ފަސް މީހަކު ވެއްޓުނު ކަމަށެވެ. އެއީ ރަޝިއާގެ އަންހެނަކާއި އިންޑިއާގެ ހަތަރު ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ގެއްލިފައިވަނީ އިންޑިއާގެ ދެ މީހުން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ބަންޑުން ޖަހާލި ލޯންޗަކީ އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ބޭނުންކުރާ ލޯންޗެކެވެ.
އިންޑިއާގެ މީޑިއާއިން ބުނާގޮތުގައި އެ ހާދިސާގައި ލޯންޗުގައި އިން ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމްއަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފަ އެވެ. އަނިޔާތަކަށް ފަރުވާ ހޯދަން އޭނާ ވަނީ މިއަދު މުމްބާއީއަށް ގޮސްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;