އެ ކައުންސިލުން ބުނީ މާލެ އާޓިފިޝަލް ބީޗް ތެރޭގައި ލެޑް ސްކްރީނެއް ހަރުކުރަނީ ވާލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި އަދި މުޖުތަމައަށް ފައިދާހުރި އެހެނިހެން ޕްރޮޤްރާމްތައް އެސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނަ ގޮތަށް ހެދުމަށްކަމަށެވެ.
އެހެންކަމުން އެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ކައުންސިލުން ވަނީ ލެޑް ސްކްރީން ހަރުކޮށް ހިންގަން ޝައުގުވެރިވާ ނަމަ މިމަހުގެ 29 ވަނަ ދުވަހު މައުލޫމާތު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލް ހޯލަށް ދިއުމަށް އެދިފައެވެ. އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ 10:00 ގައި ކަމަށް ކައުންސިލުން ބުނެއެވެ.
އެ ބީލަމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ލޯކަލް އިންވެސްޓްމަންޓާއި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސީޓީ ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;