އެމްޓީސީސީން މިއަދު ބުނި ގޮތުގައި ރަޖިސްޓްރީ ވާނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައި ވެސް ވަނީ ޓެކްސީ ލައިނުގައި މަސައްކަތްކުރާނެ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އެ ހިދުމަތަށް 407 ޑްރައިވަރުން ބޭނުންވާ ކަމަށް އޭރު ކުރި އިއުލާނުގައިވެ އެވެ. އަދި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދީ ޕާޓް ޓައިމްކޮށް މަސައްކަތްކުރާ ގޮތަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި ވަނީ އިލެކްޓްރޯނިކް ވެހިކަލް (އީވީ) ބޭނުންކޮށްގެންނެވެ. އެގޮތުން ޓެކްސީ ލައިންގައި ތިން ސައިޒެއްގެ ވެހިކަލް ބޭނުން ކުރަން ހަމަޖެހިފައިވާ އިރު، މިއީ 24 ގަޑިއިރު ދޭނެ ޚިދުމަތެކެވެ.
ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށާނެ ތާރީހެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެކަމަކު މި މަސް ނިމުމުގެ ކުރިން ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;