ads
ހުޅުމާލެ އެކެއް
ހުޅުމާލެ ފޭސް 1 ގެ ފްލެޓްތައް ބެލެހެއްޓުމާ އެޗްޑީސީ ހަވާލުވެއްޖެ
ހުޅުމާލޭ ފޭސް 1 ގައި ހުންނަ ފްލެޓްތައް ބެލެހެއްޓުމާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުވެއްޖެ އެވެ.
Advertisement

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި މިއަދު ބުނީ ހައުސިން މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު މިމަހުގެ 24ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަަމށެވެ. 

އަދި މި އެއްބަސްވުމުގެ ދަށުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާއި އެކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ

ހުޅުމާލެ ފޭސް 1 ގެ އެ ފްލެޓްތަކުގެ އާންމު ސަރަހައްދުތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި އިމާރާތްތަކަށް ދިމާވާ އެކި މަރާމާތުގެ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ޒިންމާ ދެން އުފުލާނީ އެޗްޑީސީންނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓާ އެޗްޑީސީން ހަވާލުވިއިރު، ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކާއި ވިނަރެސް ފްލެޓްތަކަކީވެސް އެޗްޑީސީން ބަލަހައްޓާ ތަންތަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;