އުއްޗުއާ ބައްދަލުކުރެއްވުމަށް ޖަލީލް މިއަދު ވަނީ ޗަމްޕާގިރިއަށް ޒިޔާރާތް ކުރައްވައިފަ އެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިހާބު ކުރުމަށް ތާއީދުކުރައްވައި، ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އުއްޗު ވިދާޅުވި ގޮތުގައި ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓުމާ އެކު މަސަައްކަތްކުރައްވާފައިވާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާނެ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިން ފޯރި ގަދަވެފައި ވާއިރު މާލޭގެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ އެތައް ބޭފުޅުންނެއް ވަނީ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;