އެޕްރީލް 1 އިން ފެށިގެން އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭނެ ގޮތްތަކެއް ކަނޑައަޅައިފި އެވެ.

Advertisement
ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމުގައި މުހިއްމު ކަންތައްތަކެއް ނިންމަވާފައިވާ ކަމަށާއި އެ ބަދަލުތަކަށް އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.
އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތްދޭނެ އިތުރު ކަންތައްތައް
- އެނދުމަތި ކުރެވިފައިވާ ބަލި މީހުން އައުޓް ޕޭޝަންޓް ހިދުމަތްތައް ނެގުމަށް ގެނެވޭ ހާލަތްތައް
- ވީލް ޗެއާގައި ގެންގުޅޭ މީހުން އައުޓް ޕޭޝަންޓް ހިދުމަތްތައް ނެގުމަށް ގެނެވޭ ހާލަތްތައް.
- ނުކުޅެދުންތެރިކަން (ފިޒިކަލް ޑިސެބިލިޓީ/މެންޓަލް ޑިސެބިލިޓީ/ އޯޓިޒަމް/ ޑައުން ސިންޑްރޯމް) އައުޓް ޕޭޝަންޓް ހިދުމަތް ހޯދަން ދިއުމަށް.
- ސިއްހީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ މީހަކު އިތުރު ފަރުވާއަށް ނުވަތަ ތަހުލީލަަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކުގައި.
- ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފާކުރެވޭ ހާލަތުގައި ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމަށް.
- ތެލެސީމިއާ މީހުން އައުޓް ޕޭޝަންޓް ހިދުމަތްތައް ނެގުމަށް ގެނެވޭ ހާލަތްތައް.
ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމަށާއި މި ބަދަލު ގެނައީ ގިިނަ ދުވަސްތަކެއް ވަންދެން ޓެކްނިކަލް މަޝްވަރާތައް ކުރުމަށް ފަހު ކަމަށެވެ.