ads
މެޗެއް ބަލަން ރަންވީރު ކުރީގެ އަނބިމީހާއާއެކު
މެޗެއް ބަލަން ރަންވީރު ކުރީގެ އަނބިމީހާއާއެކު ގޮސްފި
މާޗު 29 ވަނަ ދުވަހު އިންޑިއާގެ މުމްބާއީގެ ވާންކެޑޭ ސްޓޭޑިއަމްގައި ކުޅުނު އައިޕީއެލް މެޗެއް ބެލުމަށް، ބޮލީވުޑްގެ ކުރީގެ ދެމަފިރިން ކަމަށްވާ ރަންވީރު ޝޯރޭ އާއި ކޮންކޮނާ ސެން ޝަރުމާ އެކީގައި ގޮސް ތިއްބާ ފެނިއްޖެ އެވެ.
Advertisement

މި ދެ ތަރިންނާ އެކު އެ މީހުންގެ 15 އަހަރުގެ ދަރިފުޅު ހާރޫން ވެސް ވަނީ މުމްބާއީ އިންޑިއަންސް އާއި ކޮލްކަތާ ނައިޓް ރައިޑާސް ބައްދަލުކުރި މެޗު ބަލަން ގޮސްފަ އެވެ.

ސްޓޭޑިއަމްގައި ތިބެ ރަންވީރު ނަގާފައިވާ ސެލްފީއެއް ސޯޝަލް މީޑިއާ ގައި ހިއްސާކުރުމާ އެކު އެ ފޮޓޯ ވަނީ ވައިރަލް ވެފަ އެވެ. މި ފޮޓޯއިން ރަންވީރު އާއި ކޮންކޮނާ އަދި މުމްބާއީ އިންޑިއަންސްގެ ޖާޒީއެއް ލައިގެން ހުރި ހާރޫން ވަރަށް އުފާވެފައި ތިބި މަންޒަރު ފެނެ އެވެ. ދަރިފުޅަށްޓަކައި މި ދެމަފިރިން އެކީގައި ވަގުތު ހޭދަކުރާ މަންޒަރު ފެނުމުން ގިނަ ބަޔަކު އަންނަނީ އެ މީހުންނަށް ތައުރީފު ކުރަމުންނެވެ.

ރަންވީރު އާއި ކޮންކޮނާ ކައިވެނިކުރީ 2010 ވަނަ އަހަރު އެވެ. ނަމަވެސް 2015 ވަނަ އަހަރު މި ދެމަފިރިން ވަނީ ވަކިވެފަ އެވެ. ވަރިވި ނަމަވެސް ދަރިފުޅުގެ ކަންކަމުގައި ދެ މީހުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް ކުރިން ވެސް ވަނީ ބުނެފަ އެވެ. އަދި ދަރިފުޅަށް ފަސޭހައިން ދެ މީހުންނާ ވެސް ބައްދަލުކުރެވޭނެ ގޮތް ހެދުމަށް މި ދެ ތަރިން ދިރިއުޅެމުން އަންނަނީ ވެސް ވަރަށް ކައިރީގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;