ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން ދޫޑިގަން، އަހުމަދު ނިއުޝާދު، 35، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 30، ވަނީ ހައްޔަރުކޮށްފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ އޮތީ ކޮށްފަ އެވެ.
އެ މީހުން ބަންދުކޮށްފައި ތިބުމަށް ފަހު މިދިޔަ ހަފްތާގައި އެ މީހުން ދޫކޮށްލިއެވެ. އެކަމަކު އަލުން ރޭ ހައްޔަރުކުރީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;