އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ވަކީލް އަހުމަދު އައިކް އީސަ އާއި އިބްރާހިމް ޝިޔާމެވެ.
އެ ދެ ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ރިޔާސީ ގަރާރުގައި ހިމަނުއްވާފައިވާ ސުވާލު އޮތީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ އެ ސުވާލު ހިމަނައިގެން ފެންނަ ނުފެންނަ ވޯޓު ނުނެގޭނެ ކަމަށް ބުނެ އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލާގައި އެދުނީ ރައީސް ނެރުނު ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފު އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅައި ދެވޭނެ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްދިނުމަށެވެ.
ސުޕްރީމް ކޯޓުން ހުކުމް ކުރީ ދައުލަތުން އެދުނު ގޮތަށެވެ.
ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވީ:
ގާނޫނުއަސާސީގެ 262 ވަނަ މާއްދާއަކީ ހިޔާލު ހޯދުމުގެ ވޯޓުގެ ސުވާލު ބައްޓަން ކުރާނެ ގޮތާއި ތަފްސީލީ އެހެން އިޖުރާއަތެއް ވެސް ހިމެނޭ މާއްދާއެއް ނޫން
އެ ތަފްސީލް ހިމެނީ މި ފަހުން މަޖިލީހުން ފާސްކުރި ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ގާނޫނުގައި
އެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އިން އެނގޭ ގޮތުގައި، ހިޔާލު ހޯދުމުގެ ވޯޓެއްގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައަށް ވޯޓަށް އެހޭނެ
ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ހިމެނޭ ބިލެއް ތަސްދީގުކުރުމާ މެދު ނަގާ ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ވެސް ހުށަހަޅާ ސުވާލުގައި އެއް ކަމަށް ވުރެ ގިނަ ކަންކަމަށް ވޯޓަށް އެހޭ ގޮތަށް ސުވާލުކުރުމަށް ހުއްދަ ކޮށްފައިވޭ
ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެންނަ ބިލުގެ މަގުސަދަކީ ދެ އިންތިހާބު އެއްކުރުންކަން މެންބަރުން ކުރި ބަހުސްތަކުން އެނގޭ
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނުވަތަ އާއްމު އިންތިހާބާއި، ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތެއް އޮޅުންފިލުވުމަށް އަންނަ ހޮނިހިރު ދުވަހު ނަގާ ވޯޓު ހުއްޓުވުމަށް، މަޝްހޫރު ގާނޫނީ ވަކީލު، މަރްޔަމް ޝުނާނާ، ވެސް ވަނީ ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފަ އެވެ.
ޝުނާނާ ވަނީ، ހޮނިހިރު ދުވަހުގެ ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށްވެސް ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ. އަދި ވަގުތީ އަމުރު ނުލިބިއްޖެ ނަމަ ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ވޯޓުގެ އެއްވެސް ނަތީޖާއެއް އިއުލާނުކުރުން، ޝާއިއުކުރުން ނުވަތަ ހާމަކުރުން މަނާކުރުން ނުވަތަ އެ ވޯޓަށް ގާނޫނީ، ގާނޫނުއަސާސީ ނުވަތަ އަމަލީ އެއްވެސް ހުއްޖަތެއް ނުވަތަ ބާރެއް ދިނުން ހުއްޓުވައި ދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ގާނޫނުއަސާސީގައި އޮންނަ ގޮތުން، މަޖިލީހުގެ ދައުރު ބަދަލުކުރާ އިސްލާހެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.
އެހެންވެ، މިދިޔަ މަހުގެ 16ގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނިންމެވީ އަންނަ ހޮނިހިރު ދުވަހު މި ފެންނަ ނުފެންނަ ވޯޓު ނެގުމަށެވެ. އެ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ވެސް އޮންނާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;