ވަކި ހާލަތްތަކެއްގައި އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ދޭން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ އިއްޔެ ރައީސްް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެއާއި އެކު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ( އެންސްޕާ) އިން މިރޭވަނީ 'ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު' ގައި އެކަންކަން ހިމަނާ މިރޭ އެ ގަވައިދު އާާއްމުކޮށްފައެވެ. އެ ގަވައިދަށް ގެނައި އިަސްލާހުގައިވާ ގޮތުން 7 ހާލަތެއްގައި އާސަންދައިން އެމްބިއުލާންސްގެ ހިދުމަތް މާދަމާއިން ފެށިގެން ލިބޭނެއެވެ.
އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ ހާލަތްތައް
ރާއްޖެއިން ބޭރަށް ބަލިމީހާ ފުރުވާއިރު ނުވަތަ އެހެން ރަށަކަށް އިތުރު ފަރުވާއަށް ފުރުވާއިރު އެއާޕޯޓަށް ނުވަތަ ޖެޓީއަށް ގެންދިޔުމަށް
ތެލަސީމިއާ ބަލި ތަހައްމަލްކުރާ ފަރާތްތައް އައުޓް ޕޭޝަންޓް ހިދުމަތް ހޯދުމަށް ގެނައުން
މި ހާލަތްތަކުގައި އެމްބިއުލާންސްގައި ގެންނަ ބަލިމީހުންނަށް އެމްބިއުލާންސްގެ ހަރަދަށް ބިލުކުރާނީ އާސަންދައިގެ ތެރެއިންކަމަށް އެންސްޕާއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;