ads
މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާނު ކުރުން
ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދަނީ
މާލޭގެ މަގަކުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދުމަށް ފުލުހުން މިއަދު އިއުލާން ކޮށްފި އެވެ.
Advertisement

ފުލުހުން މިއަދު ވަނީ ސައިކަލް ދުއްވަން އިން ފިރިހެނެއްގެ ވީޑިއޯ އާންމުކޮށްފަ އެވެ. ފުލުހުން ބުނީ ގޮތުގައި އެމީހާއަކީ މި މައްސަލައިގައި ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ. އެހެންވެ، ފުލުހުން ވަނީ މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ކަފިހިހުރަސް ކައިރިން މަގު ހުރަސްކުރަނިކޮށް އެ މީހާ ދުއްވި ކަޅުކުލައިގެ އެއާބްލެއިޑް ސައިކަލުން ވަނީ އަންހެނެއްގެ ގައިގައި ޖެހި, އެ އަންހެން މީހާ މަގުމައްޗަށް ވެއްޓިފައެވެ. އެ ވަގުތު ވެސް ސައިކަލު މަޑު ކުރުމެއް ނެތި އޭނާ ދުއްވާފައި ދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.

ވީޑިއޯއިން ފެންނަ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެ މައުލޫމާތު ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;